ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)370-ESMS SC/370/2023/34
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 31 އޮގަސްޓް 2023 11:30
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލްގެ ފަރާތުން ޤާއިމް ކުރެވިފައިވާ ކުނިގޮޑުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

 

އިޢުލާން

 

ފ.ފީއަލީކައުންސިލްގެފަރާތުންޤާއިމްކުރެވިފައިވާކުނިގޮޑުގައިކުނިމެނޭޖުކުރުމަށްބޭނުންވާތަކެތިމިއިދާރާއަށްސަޕްލައިކޮށްދޭނެފަރާތެއްހޯދުން

 

          ފ.ފީއަލީ ކައުންސިލްގެ ފަރާތުން ޤާއިމް ކުރެވިފައިވާ ކުނިގޮޑުގައި، ކުނި މެނޭޖުކުރުމަށް ބޭނުންވާ ތަކެތި މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް  މި އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 27 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 14:00 ނިޔަލަށެވެ. ( ރަޖިސްޓްރީ ވުމަށް -/500 ރުފިޔާގެ ފީއެއް ދަށްކަންވާނެއެވެ.) އެގޮތުން ރަޖިސްޓްރީ ވުމަށް ފީ ދެއްކުމަށްފަހު، ޓްރާންސްފާރ ސްލިޕް ނުވަތަ ފައިސާ ދެއްކިކަމުގެ ރަޝީދު، ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ހުށަޅާ ވިޔަފާރީގެ ނަމާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް މިއިދާރާގެއީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، [email protected]  އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 7666594 އަށެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

23 އޮގަސްޓް 2023

7 B 1445

ޚާދިމްކުމް

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

23 އޮގަސްޓް 2023