ދިވެހިރާއްޖެ
`
ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓްކޯޓް
ތ.އޮމަދޫ
ދިވެހިރާއްޖެ ނަމްބަރް N13C-A/2023/6
އިޢުލާން
ޝަރުޢީ އަގުކޮމެޓީގެ ދަފްތަރު އެކުލެވާލުން
ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުން ވެއެވެ .
މިކޯޓުގެ އަގުކޮމިޓީގެ ދަފްތަރަށް، ކަމުގެ މާހިރުން އިތުރުކުރުމަށް ބޭނުންވާތީ އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި ދަފްތަރު އެކުލަވާލެވޭނީ 03 އަހަރު ދުވަހުގެ މުއްދަތަށެވެ. މަސައްކަތް ކުރުމުގެ އުޖޫރައެއްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރުފިޔާ (ތިންސަތޭކަ ރުފިޔާ) ދެވޭނެއެވެ.
ވީމާ، ގޯތިގެދޮރާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތްތަކުން ޝައުޤުވެރިވާ ދާއިރާ އެނގޭގޮތަށް (މިސާލަކަށް: ވަޑާމުގެ މަސައްކަތް، ފެންވައިރު މަސައްކަތް، ރާނާ ސިމެންތިޖެހުމުގެ މަސައްކަތް، ރަންރިހީގެ މަސައްކަތް، މިފަދަ އެހެނިހެން މަސައްކަތްތައް) އައިޑީކާޑްގެ ކޮޕީއާއެކު، 31 އޮގަސްޓް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މި ކޯޓުގެ އީ-މެއިލަށް މެއިލް ކުރައްވާ ސިޓީތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.
1445-02-07
2023-08-23
އަމީން އިބްރާހީމް
ޗީފް އެޑްމިނިސްޓްރޭޓަރ