މަސައްކަތް
ނަންބަރު: MNU-CA-PAMD/2023/119
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 04 ސެޕްޓެންބަރު 2023 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އެސް.ބްލޮކް އިމާރާތުގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް މަރާމާތުކޮށް ސަރވިސް ކުރުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސް.ބްލޮކް އިމާރާތުގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް މަރާމާތުކޮށް ސަރވިސް ކުރުމަށް ބޭނުންވެގެން ކުރި ނަންބަރު MNU-CA-PAMD/2023/107 އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަމުގެ އަގު ނިސްބަތުން ބޮޑުކަމަށްވާތީ އެ ބީލަން ވަނީ ބާޠިލުކޮށްފައެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް/ސައިޓް ވިޒިޓް އޮންނާނީ 29 އޯގަސްޓް 2023 ވަނަ ދުވަހު 09:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސް.ބްލޮކް (ފެކަލްޓީ އޮފް ހެލްތު ސައެންސަސް އަދި ސްކޫލް އޮފް ނަރސިންގ ހުންނަ އިމާރާތް)، ހަނދުވަރީހިނގުން، މާލެ ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 4 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 9:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު، ރަށްދެބައިހިނގުން، މާލެ ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ޓެކްނިކަލް ސްޕެސިފިކޭޝަނާ ގުޅޭގޮތުން ނަމަ؛

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345134, 3345201

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

 

23 އޮގަސްޓް 2023