ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/PTL/2023/33
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 27 އޮގަސްޓް 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް - ލެކްޗަރަރ/އެސޯސިއޭޓް ލެކްޗަރަރ/ސީނިއަރ ޓިއުޓަރ (ފެކަލްޓީ އޮފް އާރޓްސް)

މަޤާމް :ޕާރޓް ޓައިމް - ލެކްޗަރަރ/އެސޯސިއޭޓް ލެކްޗަރަރ/ސީނިއަރ ޓިއުޓަރ
ބޭނުންވާ އަދަދު :1

ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ތިރީގައި މި ދަންނަވާ ކޯހުގައި ޕާރޓް ޓައިމް އުޞޫލުން ކިޔަވައިދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތެއް ހޯދަން ބޭނުންވެއެވެވެ.

 

 

ދާއިރާ:

Korean language and culture level 1 - C1

  • Korean Language 

 

ޝަރުތުތައް:

ކޮރެއާ ބަހުގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ނުވަތަ މަތީ ތައުލީމުގެ މަރުހަލާގައި ކޮރެއާ ބަސް ކިޔަވާފައިވުން.

 

ޢުޖޫރަ:

 

ނަންގަވާ ދެއްވާ ކޮންމެ ގަޑިއިރަކަށް -/225 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ކޯހުގެ މުއްދަތު

10 ހަފްތާ

މަޤާމުގެ މަސްއޫލިއްޔަތު:

1. ކިޔަވާދިނުމާ ގުޅޭ މަސައްކަތް.

  • ޓައިމްޓޭބަލް ކުރެވިފައިވާ މިންވަރަށް ގަޑިތައް ނަގައިދިނުން.
  • ކްލާހުގެ ހާޒިރީ ބަރާބަރަށް ( ކޮންމެ ގަޑިއަކަށް) މާރކްކޮށް ލިޔުމާއެކު އެދުވަހެއްގެ ތާރިހު ޖަހާ ފުރިހަމަކުރުން.
  • މުޤައްރަރުގައި ކަނޑައަޅާފައިވާ ބައިތަށް ކޯސް ކޯޑިނޭޓަރުގެ މަޝްވަރާގެ މަތިން ކިޔަވައިދިނުން.

2. ބްލެންޑެޑް މޯޑަށް ކުރިއަށް ގެންދާ ކޯސްތަކުގައި އޮންލައިން ސަޕޯރޓް ދިނުން.

  • ކޮންމެ ހަފްތާއަކު ދަރިވަރުން އޮންލައިންކޮށް ކުރާ މަސައްކަތްތައް، އޮންލައިން ޓިއުޓޯރިއަލްތަކަށް ލަސްވެގެން 1 ހަފްތާ (7 ދުވަސް) ތެރޭގައި ފީޑްބެކް ދިނުން.
  • ދަރިވަރުން މޫޑުލް ގައި ކުރާ މަސައްކަތްތައް ގަވާއިދުން މޮނީޓަރކުރުން.
  • ދަރިވަރުން މޫޑުލް އަށް އަޕްލޯރޑްކުރާ އެސައިންމަންޓަތައް މާކުކޮށް ފީޑްބެކް ދިނުން.

3. އޮންލައިން ސިސްޓަމްތައް ބޭނުންކުރުން.

  • ދަރިވަރުންނަށް ފޭސްޓް ފޭސް އަދި ބްލެންޑެޑް ކުލާސްތަކުގައި ޤަވާއިދުން މޫޑުލް ބޭނުންކުރުން. އެގޮތުން ދަރިވަރުންނަށް ހަވާލުކުރެވޭ ޓިއުޓޯރިއަލް، ސަބްޖެކްޓް އައުޓްލައިން،އެސެސްމަންޓްގެ ތާވަލްތައް މޫޑުލް ޕޭޖުގައި ހިމަނާފައި ހުންނަވާނެއެވެ.
  • ހާޟިރީ ފައިލުގައި ދަރިވަރުންގެ ހާޟިރީ މާކުކުރުމުގެ އިތުރުން ސެލްފް ސަރވިސް ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ހާޟިރީ މާކުކުރުން.

4. ފެންވަރު ވަޒަންކުރުން.

  • މުޤައްރަރުގައިވާ ގޮތުގެ މަތިން އިމްތިހާނު ކަރުދާސް ތައްޔާރުކުރުމާއި އިމްތިހާނު ކަރުދާސް އަދި އެސައިންމެންޓްތައް އެތަކެތި މާރކްކޮށް ކަނޑައެޅިފައިވާ ތާރީޚަށް ކޯސް ކޯޑިނޭޓަރަށް ހުށަހެޅުން. އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
  • ކިޔަވައިދެއްވާ ދަރިވަރުންގެ ތެރެއިން ރީސިޓް އަދި ރީ އެގްޒާމް ހަދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

27 އޮގަސްޓު 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUhr-PTL-2023-33

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345137 ނަންބަރު ފޯނަށެވެ.

 

 

 

23 އޮގަސްޓް 2023