ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2023/38
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 29 އޮގަސްޓް 2023 00:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންމީޓަރ ހަރުކުރާ ތަން ތައްޔާރު ކުރުމާއި ގުޅޭ

އިޢުލާން

ފެންމީޓަރ ހަރުކުރާ ތަން ތައްޔާރު ކުރުމާއި ގުޅޭ

 

      މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުގެ ފެންމީޓަރު ހަރުކުރުމަށްޓަކައި "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޙިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" (ނަންބަރު:2020/R-10) ވާ ގޮތަށް ފެންމީޓަރު ހަރުކުރުމަށްޓަކައި ގޭގެ އިންފަރުގެ އެތެރޭގައި ބިމުންފެށިގެން އުސްމިނުގައި 3 ފޫޓް އަދި ފުޅާމިނުގައި 1 ފޫޓް ހުންނަވަރުގެ ފާރުބުރިއެއް ރޭނުމާއި ސިމެންތި ޖެހުން ނުވަތަ އިންފާރު ރާނާ، ސިމެންތިނުޖަހާ ފަރާތްތަކުން އެތެރޭގައި ސިމެންތި ޖެހުމަށް އެދި ދަންނަވަމެވެ.

      ވީމާ،ގޭގެއަށް ފެންހޮޅި ވައްދައި ފެންމީޓަރު ހަރުކުރުމަށް ހަދަންޖެހޭ ޖާގައިގައި ސިމެންތިޖަހައި 29 އޮގަސްޓް 2023 ގެކުރިން ނިންމެވުމަށް ދެންނެވީމެވެ. މީޓަރު ބަހައްޓާތަން މިދެންނެވި ތާރީޚަށް ނުނިންމާ ފަރާތްތަކަށް،ފެނުގެ ކަނެކްޝަން ގުޅައި ދިނުމުގައި ދިމާވެދާނެ ދަތިކަމަކަށް މިކައުންސިލުން ޒިންމާ ނުވާނެވާހަކަވެސް ހިތާމައާއެކު ދެންނެވީމެވެ.

      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2023