މަސައްކަތް
ނަންބަރު: (IUL)298/298/2023/53
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 04 ސެޕްޓެންބަރު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް އިދާރާގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެދަށުން މިކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަށް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންފުޅުވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮގަސްޓު 32 ން ފެށިގެން 2023 ސެޕްޓެމްބަރު 04 ވަނަ ދުވަހުގެ 10:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް https://forms.office.com/r/7KEdYW7LEj  މިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.

ޕްރީ ބިޑް ބައްދަލުވުން

ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2023 ވާ އަންގާރަ ދުވަހު 11:00ގައި ކައުންސިލް އިދާރާ މީޓިން ރޫމްގައެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

 

 

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ.

(ހ) މަސައްކަތުގެ ނަން.

(ށ) އިޢުލާނު ނަންބަރު.

(ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން.

 ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 04 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހު 11:00ގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ، އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއި އައިޑީ ކޮޕީ ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ އީމެއިލްއަށް  [email protected] ނުވަތަ ފޯން ނަމްބަރަށް 6580021 ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

23 އޮގަސްޓް 2023