ދިވެހިރާއްޖެ
މަޤާމް :ކޮންސަލްޓެންޓް (ޓްރާންސްލޭޓަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
މުސާރަ: -/15،000 ރުފިޔާ ޝަރުތު: - ބަންގްލަދޭޝް ބަހުން ލިޔަންކިޔަން އެނގޭ ފަރާތެއް ކަމުގައިވުން. - ދިވެހި ބަހުން ލިޔަން ކިޔަން އެނގޭ ފަރާތެއް ކަމުގައިވުން. - ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ ރަށުން ބޭރަށް ފުރައިގެން ދެވޭފަދަ މީހެއްކަމުގައިވުން މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - ޖިނާއީ މައްސަލަތަކު ތަހުގީގުގައި މައްސަލައިގެ ތުހުމަތު ކުރެވޭފަރާތް، ޝިކާރައަށް ވެފައިވާ މީހާ ނުވަތަ ހެކިވެރިޔާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދެމެދު ލިޔުމުން ނުވަތަ އަނގަބަހުން ކުރެވޭ މުޢާމަލާތްތަށް ތަރުޖަމާކުރުމުގައި އެހީތެރިވުން. - ކޯޓުގެ އަޑުއެހުންތަކާއި ޝަރީޢަތުގައި މިޚިދުމަތުން އެދިއްޖެ ހާލަތުގައި ތަރުޖަމާނުގެ ޙިދުމަތް ފޯރުކޮށް ދިނުން. - ޖިނާއީ ޤާނުނުތަކުގެ އަސާސީ ޢިލްމު ލިބިފައިވުން. - ތެދުވެރި، އިހްލާސްތެރި އަދި ސިއްރު ހިފެހެއްޓޭނެ ފަރާތަކަށްވުން. - މައްސަލައަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް ނުކުރުން. - މައްސަލައިގެ ތަހުޤީގު މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުންދޭ އިރުޝާދުތަކަށް ތަބާވުން. - ގްރޭޓާރ މާލެ ސަރަޙައްދުން ބޭރަށް ފުރައިގެން ދާންޖެހޭ ހާލަތުގައި ދަތުރު، ހުރުން އަދި ކެއުންބުއިމުގެ ޙަރަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދޭނެއެވެ. - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އިތުރު މަޢުލޫމާތު: - މި ޢިއުލާނަށް ފޯމު ހުށަހަޅާ ފަރާތްތައް ކުރެވޭ އިންޓަވިއު އަދި ބެކްގްރައުން އެސަސްމަންޓުން ފާސްވާންވާނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ސެޕްޓެމްބަރު03 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 06 ޞަފަރު 1445 |