Available for Rent
Number: (IUL)405-A/2023/30
Published Date: 22 Aug 2023
Published Time: 16:43
Deadline: 04 Sep 2023 13:00
Secretariat of the Kunahandhoo Council, Hadhdhunmathi
Maldives
ހައްދުންމަތީ ކުނަހަންދޫއިން ސިނާޢީ މަސައްކަތް ކުރުމަށް ވަގުތީ ބިން ކުއްޔަށް ދޫކުރުމާ ގިޅޭ

އިޢުލާން

 

ހައްދުންމަތީ ކުނަހަންދޫއިން ސިނާޢީ  މަސައްކަތް ކުރުމަށް ވަގުތީ ބިން ކުއްޔަށް ދޫކުރުމާ ގިޅޭ

         ދިރިއުޅުމުގެ ބޭނުންނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވަޢިދު (ޤަވަޢިދު ނަންބަރ: 69/R-2018) ގެ 5ވަނަ މައްދާއަށް ރިޔާއަތްކޮށް ހައްދުންމަތީ ކުނަހަންދޫއިން ސިނާޢީ މަސައްކަތް ކުރުމަށް ވަގުތީ ބިން ކުއްޔަށް ދޫރުމަށް  ބޭނުންވެއްޖެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ.

         މިބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2023 އޯގަސްޓް 28 ވަނަ ދުވަހުގެ  14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 

         ބީލަމާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2023  އޯގަސްޓް 30 ވަނަ ދުވަހުގެ 13:00ގެ ކުރިން ކިޔުމަކުން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ނަމަ ފޮނުވާނީ [email protected]  އީމެއިލަށެވެ.

         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2023 ސެޕްޓެމްބަރ 04 ވަނަ ދުވަހުގެ 14:00ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ 

 06  ޞަފަރު  1445

22  އޯގަސްޓް  2023

22 Aug 2023