ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގެ ލިފްޓް ހަރުކޮށްފައިވާ ފާރުގައި މުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2023/041
ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގެ ލިފްޓް ހަރުކޮށްފައިވާ ފާރުގައި މުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ރެޖިސްޓްރޭޝަން:
ބިޑް ރެޛިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:
މައުލޫމާތު ދިނުން
|
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް 28 އޮގަސްޓް 2023ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓްރީކޮށް ތަން ސާރވޭ ކުރައްވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ އަދި ތަން ސާރވޭ ކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.
https://forms.gle/w1DxvH18YyEPKgVh9
ބިޑްގެ ޕްރީބިޑް ބައްދަލުވުން 28 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
04 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހުގެ 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.
|
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 31 އޮގަސްޓް ޖޫން 2023ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152/3350133
އީ-މެއިލް: [email protected]
22 އޮގަސްޓް 2023
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް