ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)302-CO/302/2015/8
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 04 މާރިޗު 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

ޕްރޮޖެކްޓް އޮފިސަރ

މަޤާމް:

MS1

ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލް އިދާރާ، އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

5,610.00 ރުފިޔާ

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

1- ރަށް ތަރައްޤީކޮށް، ރަށްވެހިކަމުގެ އެންމެހައި ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- ރަށު ކައުންސިލާއި، ސަރުކާރުން ހަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގައި ތަންފީޒުކުރުން.

3- ކައުންސިލް އިދާރާއިން ބޭނުންވާ ޕްރޮޖެކްޓްތަކާއި ޕްރޮޕޯސަލްތައް ހެދުމާއި ފޮނުވުމާއި އެގުރިމެންޓްތަކާއި އެއްބަސްވުންތައް އެކުލަވައިލުން.

4- އަމިއްލަ ފަރާތްތަކުންނާއި ކުލަބު ޖަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބެލުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

5- ބަނދަރާއި ފާލަމާއި އެއްގަމުތޮށްޓާއި ކަނޑުތޮށްޓާއި ފެރީ ޓާމިނަލް މަރާމާތުކޮށް ބެލެހެއްޓުމާއި، ސާފުކުރުމާބެހޭ ކަންކަން.

6- ތިމާވެށީގެ ކަންކަމާބެހޭ ފިޔަވަޅުތައްއެޅުމަށާއި، ރަށްގިރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުން.

7- ކަރަންޓާއި ބޯފެނާއި ފާޚާނާއާއި ނަރުދާމާއާ ގުޅޭ އެންމެހައި ކަންކަން.

8- ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

9- ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ އިމާރާތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި ސާފުތާހިރުކަމާއި ކުލަޔާއި ދަވާދު އާކުރުމުގެ ކަންކަން ކުރުން.

10- ސެކިޔުރިޓީ ގާޑުންގެ މަސައްކަތާ ގުޅޭ ކަންކަން ބެލެހެއްޓުން.

11- އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރު ބިންތަކާއި، ޕާކުތަކާއި، މައިޒާން ފަދަ ތަންތަން ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

12-  ޤައުމީ ދިދަ ނަގައި ތިރިކުރުމުގެ ކަންކަން ބެލެހެއްޓުން.

13- ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ މިނޫން ކަންކަންވެސް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ. ދުވަހާއި ގަޑި، މަސައްކަތު 5 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2015 މާރިޗު 4 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކާއެކު މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580069 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580069  އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015