ކުއްޔަށް ދިނުން
ނަންބަރު: (IUL)113-PD/1/2023/111
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 27 އޮގަސްޓް 2023 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ހުޅުމާލޭ ޓާރމިނަލްގައިހުރި ޓަކްޝޮޕެ އަދި ކެފޭ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.

           މި ކުންފުނީގެ ހުޅުމާލޭ ޓާރމިނަލްގައިހުރި ޓަކްޝޮޕެ އަދި ކެފޭ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފުކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ޕްރީބިޑް އަދި ރެޖިސްޓްރޭޝަން މީޓިންގ

 

ޕްރީބިޑް މީޓިންގ 27 އޮގަސްޓް 2023 ވާ ވާ އާދިއްތަ ދުވަހުގެ 13:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި.  (ޕްރީބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

03 ސެޕްޓެމްބަރަ 2023 ވާ އާދިއްތަ ދުވަހުގެ 11:00  އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށްގޮސް މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

22 އޮގަސްޓް 2023