ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2023/55
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 31 އޮގަސްޓް 2023 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                 އިޢުލާން

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ. 

މަޤާމުގެ ނަން:

 އައި.ޓީ ސްޕެޝަލިސްޓް

ބޭނުންވާ އަދަދު:

 01

މަޤާމުގެ ޤިންތި:

 ދާއިމީ

ރޭންކް:

 އައި.ޓީ 5

ކްލެސިފިކޭޝަން:

 އެގްޒެކެޓިވް ޕްރޮފެޝަނަލް ސިވިލް އޮފިސަރ

މުސާރަ:

 މަހަކު 13,710/- ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު 3,500/- ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

 މަހަކު 6,169.50/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

 އައި.ޓީ ޑިވިޜަން / ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުތު:         

   މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާ އެއްގައި 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 08 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާ އެއްގައި 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތާއި ގުޅޭ ދާއިރާ އެއްގައި 06 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  5. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު: 

 

  1. މި ސަރވިސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަން އާއި އެޑިވިޜަން ދަށުން ހިންގާ ސެކްޝަންތަކުގައި ހިންގާ އެންމެހާއި ޕްރެޖެކްތަކާއި މަސައްކަތްތައް ރާވައި އެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  2. މި ސަރވިސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީއާ ގުޅުން ހުރި ފްރޭމްވޯކްތަކާއި ގަވާއިދުތަކާއި އެސް.އޯ.ޕީތައް ތައްޔާރުކޮށް އެފަދަ ޕޮލިސީތަށް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
  3. މި ސަރވިސްގެ އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ދާއިރާގެ މަސައްކަތްތަކާއި، އިންފޮރމޭޝަން ސިސްޓަމްތައް ބަލައި އެޚިދުމަށްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިން ޑެޕްޓް އެނަލިސިސް ހަދައި ޑޮކިއުމަންޓްކޮށް އަދި އެ ހޯދުންތަކުގެ މައްޗަށް ޚިދުމަތްތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުން.

   4. މި ސަރވިސްއިން ޤައިދީންނާއި ބަންދުމީހުންނަށް އަދި އާންމު ރައްޔިތުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށްޓަކާއި ޖަލުތަކާއި ޑިވިޜަންތާކާއި އަދި ސެކްޝަންތަކާ ގުޅިގެން އެ ދާއިރާތަކަށް ބޭނުންވާ ނުވަތަ ބޭނުން ކުރަމުން އަންނަށް ޚިދުމައިތައް އޮޓޯމޭޓް ކުރުމަށް ބޭނުންވާ ރިކުއަރމެންޓް ގެދާކޮށް ބޭނުންވާ ހައްލުތައް ޤާއިމްކޮށް އެ ޚިދުމަތްތައް ބެލެހެއްޓުން.

   5. އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިސަރވިސްގެ މެނޭޖްމެޓަށް ދޭންޖެހޭ ފަންނީ ލަފާދިނުމާއި، އެ މަސައްކަތްތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮއްދިނިނުން.

 

މަޤާމާއި ގުޅޭ ދާއިރާ:

 އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމީ ފެންވަރު
  • މަސައްކަތާއި ގުޅިގެން ލިބިފައިވާ ތަޖުރިބާ
  • އިންޓަވިއު މާކްސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ). 

 5. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ.

 6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

 7. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

 8. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.

 9. ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

 މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2023 އޮގަސްޓް 31 ވާ ބުރާސްފަތި ދުވަހު 15:00 ގެ ނިޔަލަށް   [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިން)  ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

  •   މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

 

22 އޮގަސްޓް 2023