ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-PAMD/2023/110
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި:
30 އޮގަސްޓް 2023 09:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ ރަންޔޫބީލް ފެސްޓިވަލްއަށް ބޭނުންވާ ބްރެކްފާސްޓް ޕެކް ތައްޔާރުކުރުން
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރަންޔޫބީލް ފެސްޓިވަލްއަށް ބޭނުންވާ ބްރެކްފާސްޓް ޕެކް ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ. އަގު ހުށަހަޅާނީ އިއުލާނާ އެޓޭޗްކޮށްފައިވާ "އަގު ހުށަހަޅާ ފޯމު" އިންނެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 30 އޯގަސްޓް 2023 ވަނަ ދުވަހުގެ 9:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު، ރަށްދެބައިހިނގުން، މާލެ ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ: |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345134, 3345201 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 33451103345109، 3345111 އީ-މެއިލް: [email protected] |
22 އޮގަސްޓް 2023