ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FCD/2015/05
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 19:14
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޑައަމަންޓް ބްރޭންޑްގެ ލިކުއިޑް ސުވީޓްނަރގެ ބައެއް ފުޅީގެ ކުލަ އާއި ވަސް ބަދަލުވެފައިވާތީ އެފަދަ ފުޅިތައް ނެގުމަށް

އިޢުލާން

ރާއްޖެއަށް އެތެރެކޮށް ވިއްކާ ޖަރުމަނުގެ އުފެއްދުމެއްކަމުގައިވާ "ޑައަމަންޓް ބްރޭންޑްގެ ލިކުއިޑް ސުވީޓްނަރ"ގެ ބައެއް ފުޅީގެ ކުލައާއި ވަސް ބަދަލުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ އަސްލު ގެއްލިފައިވާ ކާބޯތަކެތި ބޭނުންކުރުމަކީ އާންމު ޞިއްޙަތަށް ނުރައްކާވެދާނެ ކަމަކަށްވާތީ މިފުޅިތައް ބާޒާރުން ނެގުމަށާއި ނައްތައިލުމަށް ވަނީ ނިންމާފައެވެ.

ވީމާ، މި ތަކެތި ވިއްކަން ބެހެއްޓުމާއި ހިލޭ ބެހުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ. އަދި މިވައްތަރުގެ ސުވީޓްނަރ ބައްލަވައިގަންނަވާނަމަ ރަނގަޅަށް ޗެކްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ނޫނީ ބޭނުން ނުކުރުމަށްވެސް އިލްތިމާސް ކުރަމެވެ. ވުމާއެކު މިތަކެތި ވިއްކަން ބަހައްޓާފައި ހުރިނަމަ ނައްތައިލުމަށްޓަކައި ލަސްނުކޮށް މިއޮތޯރިޓީގެ ނަންބަރު 3014305 ފޯނަށް ގުޅުއްވައި، މިތަކެތީގެ ތަފުސީލު މި އޮތޯރިޓީއަށް އަންގަވައި ދެއްވުން އެދެމެވެ.

17 ފެބުރުވަރީ 2015