ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-D/1/2015/23
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 19:10
ސުންގަޑި: 22 ފެބުރުވަރީ 2015 00:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަދޫކުރުމާބެހޭ

އިޢުލާން

1436 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަދޫކުރުމުގެ ކުރިން، ވޭތުވެދިޔަ ދެ އަހަރުތެރޭގައި ޙައްޖަށް މީހުންގެންދިޔުމުގެ ނަމުގައި އެކި ފަރާތްތަކުން މިމިނިސްޓްރީގެ އުސޫލުތަކާ ޚިލާފަށް ފައިސާ ނަގާފައިވާކަމުގެ ޝަކުވާ، ވޭތުވެދިޔަ އަހަރުތަކުގައި ވެސް މިމިނިސްޓްރީއަށް ލިބިފައިވާތީ، މިއަހަރު ވެސް އެފަރާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މިފަދައިން ފައިސާ ނަގާފައިވާ ފަރާތްތައް އެނގިވަޑައިގަންނަވާ ނަމަ އެ މަޢުލޫމާތު ހެތްކާއެކު 7 ދުވަހުގެ ތެރޭގައި މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

26 ރަބީޢުލްއާޚިރު 1436

15 ފެބުރުވަރީ 2015