ނީލަން
ނަންބަރު: 40/2015-އެމް.ބީ
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 19:04
ސުންގަޑި: 24 ފެބުރުވަރީ 2015 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

އިޢުލާން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ހަލާކުވެފައިވާ ސްޕެއަރ ޕާޓްސް (ވަޓްސިލާ އިންޖީނުގެ)
  • ހަލާކުވެފައިވާ 2 ރޭޑިއޭޓަރު (ކަމިންސް އަދި QSK އިންޖީނުގެ)
  • ހަލާކުވެފައިވާ 1 ރޭޑިއޭޓަރު (KTA 50 G3)

މިތަކެތީގެ ނީލަން ފެށޭ އަގަކީ 5,000.00ރ (ފަސްހާސް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލުމާތު ސާފުކުރެއްވުމަށްފަހު ނީލަންފެށޭ އަގުގެ %50 އަށް ވާ 2,500.00ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށްފަހު، ފައިސާ ދެއްކެވި ރަޝީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެކަމަށާއި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ.

     29 ރަބީޢުލްއާޚިރު 1436  

19 ފެބުރުވަރީ 2015