ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)199-SN/PRIV/2015/3
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:56
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކަރަންޓް ސަބްސިޑީއާބެހޭ

އިޢުލާން

މި އެޖެންސީ އިން ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓް ސަބްސިޑީގެ ތެރެއިން ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް ދެމުންގެންދާ ކަރަންޓް ސަބްސިޑީ 01 މާރިޗު 2015 އިން ފެށިގެން ހުއްޓާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު ޑޮމެސްޓިކް މީޓަރު ބޭނުންކުރައްވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކުންވެސް ޑޮމެސްޓިކް މީޓަރު ވިޔަފާރީ މީޓަރަށް ބަދަލުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކަރަންޓުގެ ޚިދުމަތްދެއްވާ ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިވަޑައިގެން ކުރިއަށް ގެންދެވުމަށްވެސް ދަންނަވަމެވެ.   

17 ފެބުރުވަރީ 2015