ޢާންމު މަޢުލޫމާތު
ނަންބަރު: (A) EA-2015/30
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:45
ސުންގަޑި: 26 ފެބުރުވަރީ 2015 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ) ގެ ބައި-އިލެކްޝަން

ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ) ގެ ބައި-އިލެކްޝަން

2015 ފެބުރުވަރީ 3 ގައި ގެޒެޓްކޮށްފައިވާ، ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ) ގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް، މިއަދު (17 ފެބުރުވަރީ 2015) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) އިންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލްގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 ފެބުރުވަރީ 17 އިން 2015 ފެބުރުވަރީ 26 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015