ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)419/419/2023/82
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 31 އޮގަސްޓް 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަޙައްދު ސާފުކުރުމަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން

އިޖުތިމާއީ ސަރަޙައްދު ސާފުކުރުމަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން                  

 

 

މަޤާމު:

 

 

ކައުންސިލް އެސިސްޓެންޓް ( ވަގުތީ )

 

 

މަޤާމުގެ ގިންތި:

 

ވޭޖް

 

 

މަޤާމުގެ ރޭންކު:

 

އެސް. އެސް. 1

 

މަގާމުގެ ކޮލެފިކޭޟަން :

 

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

 

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް  40/- (ސާޅީސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ގަޑި:

ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ( ހެނދުނު 08:00 އިން 12:00 އަށް)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކުރުން.
  4. ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިވެދިނުން.
  5. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  6. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  7. ކައުންސިލުން ހަވާލުކުރެވޭ ސަރަހައްދުތައް (ޒޯން، ބްލޮކް) ކުނިކަހައި ސާފުކުރުން.
  8. ކުނިކެހުމަށްފަހު ކުނި ކޮތަޅަށް އެޅުމަށްފަހު، ކަނޑައެޅީފައިވާ ސަރަހައްދަށް ޖަމާކުރުން.
  9. ހަވާލުކުރެވޭ ތަކެއްޗަށް ފަރުވާތެރިވެ، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. މަސައްކަތް ފުރިހަމަކުރުމުގައި ފަރުވާތެރިވެ، ސާފުތާހިރުކަން އިސްކޮށް އަދި ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ނިންމުން.
  11. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން.
  12. ސިއްރު ހިފެހެއްޓައި، އޮޕަރޭޝަންގެ މައުލޫމާތު ކޯޕަރޭޝަންގެ ހުއްދަނެތި ހިއްސާނުކުރުން.
  13. އުންސިލުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމުގެ ޟަރުތުތައް:

   ލިޔަން ކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތަށް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯރމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ނުވަތަ އައިޑީކާރޑް
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކިގެ ކޮޕީ:

 

ވަޒީފާއަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • ތަމްރީން
  • ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު
  • އެހެން ވަޒީފާއެއް އަދާނުކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް ([email protected]) މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ.

21 އޮގަސްޓް 2023