ދިވެހިރާއްޖެ
މިކޯޓުގެ ކައުންޓަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިކޯޓުން 2023 ޖުލައި 23 ވަނަ ދުވަހު ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2023/14 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް އެ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮގަސްޓު 22 ވަނަ ދުވަހުން ފެށިގެން 2023 އޮގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ސެޕްޓެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ކުންފުނި (ޕާރޓްނާޝިޕް) ތަކަށާއި، އިންވެސްޓްމަންޓްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.