ނީލަން
ނަންބަރު: (IUL)248-CAFA/248/2023/63
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 28 އޮގަސްޓް 2023 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

     ކައްޕީނި މަގުގެ އުތުރުކޮޅަށް އަރާފައި ހުރި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. އެރުއްގަހުގައި ރަސްގެ ޖަހައި މި އިދާރިއިން 1 ން 32 އަށް ނަމްބަރު ޖަހާފައި ހުންނާނެއެވެ.

     ވީމާ އެރުއްގަހުގެ ވެރިން، އެރުއްގަހުގައި މި އިދާރާއިން ޖަހާފައި ހުރި ނަމްބަރު މި އިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓު ކުރުމަށް ދުރުވާއިރު، އެރުއްގަސް ރަޖިސްޓަރީ ކޮށްފައިވާ ނަމްބަރު ގެންނަންވާނެއެވެ.

     28 އޮގަސްޓު 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައިބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 އޮގަސްޓް 2023