މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2023/96
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 30 އޮގަސްޓް 2023 11:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ބިއްލޫރި އަދި އެލުމިނިއަމް ޕާޓިޝަން ޖެހުން

މި އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ބިއްލޫރި އަދި އެލުމިނިއަމް ޕާޓިޝަން ޖެހުން

               އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސް ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގެ ބައެއްގައި ބިއްލޫރި އަދި އެލުމިނިއަމް އިން ޕާޓިޝަން ޖަހާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު ( (IUL)7-ADMN/1/2023/66(22 ޖޫން 2023) އިޢުލާނު އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން އެއްވެސް ފަރާތެއް ޝަރުތުހަމަނުވާތީ އެ އިޢުލާނު ބާތިލުކޮށް، ދެ ވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް އަދި ސައިޓް ވިޒިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް 23 އޮގަސްޓް 2023 ވާ ބުދަ  ދުވަހުގެ 11:30 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންނެވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަސްކަމަށްވާ 23 އޮގަސްޓް 2023 ގައި ޤެޒެޓުކުރެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 11:30 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިލފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:30 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

21 އޮގަސްޓް 2023

21 އޮގަސްޓް 2023