ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2023/20
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 28 އޮގަސްޓް 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ވޭސްޓްމެނޭޖްމެންޓް ސެންޓަރާއި، ވޭސްޓް މެނޭޖްމެންޓް ސެންޓަރ މަގުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ އިރު ދެކުނު ފަރާތުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ 44*69 މީޓަރުގެ ބިމާއި، ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް ދިއުމަށް ހެދުމަށް ހަމަޖެހިފައިވާ 8*400 މީޓަރުގެ މަގުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. 

ވިމާ، އިސްވެ ދެންނެވުނު ބިމާއި މަގުގައިވާ ރުއްގަހަކީ އެއްވެސް ފަރާތަކުން އިންދާ ހައްދާފައިވާ ރުއްގަހަށް ވާނަމަ 2023 އޯގަސްޓް 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން  މިލްކްވެރިކަން ސާބިތު ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފް ކުރައްވަން ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.

މިޢުލާނާއެކު ބިމުގެ ޗާޓް އެއްއުރަ ކުރެވިފައި ވާނެއެވެ.

21 އޮގަސްޓް 2023