މުބާރާތް
ނަންބަރު: MBA/IUL/2015/003
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 08 މާރިޗު 2015 15:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އޮފީސް / ކުންފުނިތަކުގެ 18 ވަނަ ބާސްކެޓްބޯޅަ މުބާރާތް 2015

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 25 މާރިޗު 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ 18 ވަނަ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އޮފީސް / ކުންފުނިތަކުން 8 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތް ހުޅުވާލެވިފައިވަނީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނަށެވެ. މިމުބާރާތުގެ ގަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަންގެ ވެބްސައިޓް (www.mba.org.mv) އަދި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

15 ފެބުރުވަރީ 2015