ދިވެހިރާއްޖެ
"ކެޕިޓަލް މާކެޓް އެވެއަރނެސް ވާރކްޝޮޕް ފޮރ ޖާނަލިސްޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މި އޮތޯރިޓީން އިންތިޒާމު ކޮށްގެން ޖާނަލިސްޓުން ކެޕިޓަލް މާކެޓަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި "ކެޕިޓަލްމާކެޓް އެވެއަރނެސް ވާރކްޝޮޕް ފޮރ ޖާނަލިސްޓްސް" ނަމުގައި 2 ދުވަހުގެ ވާރކްޝޮޕެއް މާރިޗު 9 އިން 10 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް "އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު [email protected] މި އެޑްރެހަށް، 04 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ވާރކްޝޮޕްގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމު އަދި ވާރކްޝޮޕްގެ އެޖެންޑާ ތިރީގައި މިވާ ލިންކަށް ޒިޔާރަތް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.
އިތުރު މަޢުލޫމާތު:
ކެޕިޓަލް މާރކެޓް އެންޑް ކޯޕަރޭޓް ގަވަރނަންސް އިންސްޓިޓިއުޓް
ކެޕޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،
4 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ،
ބޮޑުތަކުރުފާނު މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 6619 333
ފެކްސް: 6624 333
އީމެއިލް:[email protected]
ވެބްސައިޓް:www.cmda.gov.mv
27 ރަބީޢުލްއާޚިރު 1436