މަސައްކަތް
ނަންބަރު: 198-F/2023/129
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 31 އޮގަސްޓް 2023 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތުގެ މަސައްކަތައް ކޮންސަލްޓެންސީ ހޯދުމާ ގުޅޭ

އައްޑޫގައި ޢިމާރާތް ކުރެވޭ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތުގެ މަސައްކަތުގެ ކޮންސަލްޓެންސީ ޙިދުމަތް ދޭނެ ފާރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

މި މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ބޭނުންފުޅުވާނަމަ މިޑިޕާޓްމަންޓްގެ އީމެއިލް އެޑްރެސް [email protected] އަށް 28 އޮގަސްޓް 2023 ގެ 14:00 ގެ ކުރިން އީމެއިލް ކުރުން އެދެމެވެ. އަދި އަންދާސީ ހިސާބު 31 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

05 ސަފަރު  1445

21 އޮގަސްޓް 2023