ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމާގުޅޭ:
2023 ސެޕްޓެމްބަރ މަހުގެ 14 ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް އިންތިޒާމްކޮށް އެކަންތައްތައް ހިންގަދޭނެ ފަރާތެއް މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)320-ADHR/320/2023/139 (15 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 އޮގަސްޓް 23 ވާ ބުދަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 އޮގަސްޓް 27 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަދި މަސައްކަތު ކޯޓޭޝަން ހުށަހަޅާ ފަރާތަކީ އާންމު ފަރުދެއްނަމަ ކޯޓޭޝަން އާއި އެކު އައި.ޑީ ކާޑު ކޮޕީ އެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރ 6608303 އަށް ގުޅުއްވުން އެދެމެވެ.
05 ޞަފަރު 1445ހ