ދިވެހިރާއްޖެ
ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒުގައި ކުރަން ހުރި މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާ ތާރީޚު |
އަންދާސީހިސާބު ހުށަހެޅުން |
28 އޯގަސްޓު 2023 (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން |
31 އޯގަސްޓު 2023 (ބުރާސްފަތި) ދުވަހުގެ 10:30 (ގުރަހަ މާލަން) |
ޕްރީބިޑް މީޓިންގ 29 އޯގަސްޓު 2023 (އަންގާރަ) ދުވަހުގެ 11:00 ގައި ލ. ކުނަހަންދޫ ޞިއްޙީ މަރުކަޒުގައި އޮންނާނެއެވެ. މި މީޓިންގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.