ކުއްޔަށް ހިފުން
ނަންބަރު: 137-IU/PR/2015/25
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:31
ސުންގަޑި: 01 މާރިޗު 2015 00:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
1 ކޮޓަރިއާއި 2 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް

އިޢުލާން

މިހޮސްޕިޓަލަށް ގެނެވޭ ބިދޭސީ ޑޮކްޓަރުންނާއި، ޕެރެމެޑިކްސް ސްޓާފުން އެކަމަޑޭޓް ކުރުމަށްޓަކައި 1 ކޮޓަރިއާއި 2 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ އެޕާރޓްމަންޓް ކުއްޔަށް ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މައުލޫމާތު ބަޔާންކޮށް، މިހޮސްޕިޓަލުގެ ސަޕްލައިސް ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކުއްޔަށް ދޭނެ ފަރާތެއް ހޮވުމުގައި މާކުސް ދެވޭނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

މިއިޢުލާނުގެ ދަށުން އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަނެވޭނީ 1 މާރިޗު 2015 ވަނަ ދުވަހުގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3335105 އަށް ގުޅުއްވުން އެދެމެވެ. 

1

މަހު ކުލި

% 80

2

ތަނުގެ ބޮޑުމިން (އަކަ ފޫޓުން)، ތަނުގެ ފެންވަރު އަދި ފުރިހަމަކަން

 % 10

3

ކުއްޔަށް ދެވޭނެ މުއްދަތު

% 5

4

އިމާރާތް ނުވަތަ ފްލެޓާއި އައި.ޖީ.އެމް.އެޗް އާ ހުރި ދުރުމިން

% 5

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015