މަސައްކަތް
ނަންބަރު: (IUL)BCC-PS/1/2023/79
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 21:53
ސުންގަޑި: 27 އޮގަސްޓް 2023 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސް.އެމް.އީ ހަބްގެ ދެވަނަ ފަންގިފިލާގައި ގޭމިންގް އޭރިއާއެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

މި ކޯޕަރޭޝަނުން ހިންގާ އެސް.އެމް.އީ ހަބްގެ ދެވަނަ ފަންގިފިލާގައި ގޭމިންގް އޭރިއާއެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގެވުމުގެ މަތީން މި ކޯޕަރޭޝަނުގެ ފަރާތުން ހިންގާ ތަނެކެވެ. މި ތަނުގައި ގަސް ވިއްކާ ސަރަހައްދެއްގެ އިތުރުން ފޮތް ފިހާރައަކާއި، ކެފެޓީރިއާއެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްކްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބުގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު މި ކޯޕަރޭޝަނުގެ ފަރާތުން މި ހުޅުވައިލަނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.  

މިގޮތުން ގޭމިންގް އޭރިއާ ހިންގުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

    

ތަން

ދުވަސް

ތާރީޚް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން،  މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

އާދީއްތަ

27 އޮގަސްޓު 2023

14:00

 

ބީލަން ތައްޔާރުކުރައްވަން ވާނީ، އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

 

20 އޮގަސްޓް 2023