ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-M(F2)/IUL/2023/343
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި:
29 އޮގަސްޓް 2023 14:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދޮރާއި ދޮރުފަތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ޕްރޮޖެކްޓް ނަންބަރު |
PC-171/2023/W246 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
- ކ.ދޫނިދޫގައި އިމާރާތް ކުރަމުން އަންނަ ޖަލު ގޮޅިތަކަށް ބޭނުންވާ ދޮރާއި ދޮރުފަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމުއައްސަސާގެ ނަންބަރު 171-M(F2)/IUL/2023/292 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަ ކުރެވޭތީވެ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، މިމަސައްކަަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 އޮގަސްޓް 29 ވަނަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން 2023 އޮގަސްޓް 30 ވަނަ ދުވަހުގެ 13:30ގައި އިސްކަންދަރު ކޮށި1 ގައި އޮންނާނެ އެވެ.
- ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓް 31 ދުވަހުގެ 13:30 ގައި އިސްކަންދަރުކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 އޮގަސްޓް 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް
- ދިވެހި ފުލުހުންގެ ޚިދުމަތް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: [email protected]
- ކޮޕީ: [email protected]
20 އޮގަސްޓް 2023
20 އޮގަސްޓް 2023