ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2023/406
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 31 އޮގަސްޓް 2023 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" މަޝްރޫއަށް އެޑްމިން އެންޑް ފައިނޭންސް އޮފިސަރ (އެ.އެފް.އޯ) އެއް ހޯދުމާބެހޭ

"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" މަޝްރޫއަށް އެޑްމިން އެންޑް ފައިނޭންސް އޮފިސަރ (އެ.އެފް.އޯ) އެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެޑްމިން އެންޑް ފައިނޭންސް އޮފިސަރ

 

"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" އަކީ ގްލޯބަލް ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ އެހީގައި މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (UNEP) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިގޮތުން މިމަޝްރޫއުގެ މަސައްކަތަށް 36 މަސްދުވަހަށް (01) އެޑްމިން އެންޑް ފައިނޭންސް އޮފިސަރ އައްޔަންކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން  31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން؛ ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓްފިކެޓާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، [email protected]  އަށެވެ.  އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"އެޑްވާންސިންގ ދަ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އިން ދަ މޯލްޑިވްސް (ނެޕް)" މަޝްރޫއަށް އެޑްމިން އެންޑް ފައިނޭންސް އޮފިސަރ (އެ.އެފް.އޯ) އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]  ވެބްސައިޓް: www.environment.gov.mv

ކޮޕީ: [email protected]

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

20 އޮގަސްޓް 2023