ޢާންމު މަޢުލޫމާތު
ނަންބަރު: /398/2023/2އ
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:08
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީލާދީ އަހަރުގެ ކޮންމެ ހަތަރު މަހުން އެއްފަހަރުގައި ރައްޔިތުންނާއި އެކީ ބާއްވާ ބައްދަލުވުން ބޭއްވުމުގައި އަމަލުކުރާނެ އުސޫލް

  1. 1.      ތަޢާރަފާއި ނަން:

(ހ) މިއީ ޤާނޫނު ނަންބަރ 7/2010  އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލްއިން ހިންގުމުގެ ޤާނޫނުގެ 107-1 ގެ (ނ) ގައިވާ ބައްދަލުވުން ބޭއްވުމުގައި މި ކައުންސިލްއިން އަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތުގެ މައްޗަށް ހެދިފައިވާ އުސޫލްއެކެވެ.

(ށ) މި އުޞޫލަށް ކިޔާނީ " މީލާދީ އަހަރުގެ ކޮންމެ ހަތަރު މަހުން އެއްފަހަރުގައި ރައްޔިތުންނާއި އެކީ ބާއްވާ ބައްދަލުވުން ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް"   އެވެ.

(ނ) މި އުސޫލް އެކުލަވާލައިފައިވާނީ ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާއިންނެވެ.

 

  1. 2.      މަޤްޞަދު:

މި އުސޫލްގެ މަޤްޞަދަކީ  އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލްއިން  ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މުންޑޫ ކައުންސިލްގެ އިޚްތިޞާޞް ތެރޭގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންގެ ހިޔާލްއާއި މަޝްވަރާއާއި އެކު ކައުންސިލްއިން ގޮތްތަކެއް ނިންމުމެއް ކޮންމެ 04 މަހަކުން އެއްފަހަރު ބާއްވާ ބައްދަލުވުން ބޭއްވުމަށް މަގުފަހި ކުރުވުމަށް އެކުލަވާލާ އުސޫލްއެކެވެ.

 

 

  1. 3.      ބައްދަލުވުން ބޭއްވުމަށް އެޖެންޑާ ކުރުމާއި އާންމު ކުރުން

(ހ) ބައްދަލުވުގެ އެޖެންޑާ ތައްޔާރުކުރާނީ ކައުންސިލްއިންނެވެ.

(ށ) (ހ)ގައިވާ އެޖެންޑާ ތައްޔާރުކުރުމުގައި އެވަގުތެއްގައި ރައްޔިތުންގެ ހިޔާލްއާއި މަޝްވަރާއާއި އެކު ކައުންސިލްއިން ގޮތް ނިންމަންޖެހޭ ކަންކަން އެޖެންޑާ ކުރުމަށް އިސްކަންދޭންވާނެއެވެ.

(ނ) ބައްދަލުވުމު އެޖެންޑާ ކުރެވިފައިވާ މައްސަލަތަކުގެ އިތުރުން ބައްދަލުވުން އޮންނާނެ ތަނާއި، ތާރީހާއި އަދި ވަގުތު އެޖެންޑާގައި ހިމަނާ ބައްދަލުވުން އޮންނަ ދުވަހުގެ 5 (ފަހެއް) ދުވަސް ކުރިން އާންމުކުރަންވާނެއެވެ.

(ރ) (ނ)ގައިވާ ގޮތުގެ މަތިން އެޖެންޑާ އާންމުކުރުމުގައި  ކައުންސިލް ވެބްސައިޓްގައި އެޖެންޑާ އާންމުކުރުމުން އެއީ އާންމުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

  1. 4.      ބައްދަލުވުގެ ކޯރަމް

(ހ) މި އުސޫލްގެ ގެ ދަށުން ބާއްވާ ބަދަލުވުމުގައި ވަކިއަދަދަކަށް ރައްޔިތުން ބައިވެރިވުން ލާޒިމްއެއް ނޫނެވެ.

  1. 5.       ބަދަލުވުން ކުރިއަށް ގެންދިޔުމާއި ވޯޓަށް އެހެން

(ހ) ބައްދަލުވުމުގައި އެޖެންޑާ ތަރުތީބުން ކަންކަމުގައި ރައްޔިތުންނާ ހިއްސާކުރެވި ކޮންމެ ކަމަކަށް ރައްޔިތުންގެ ހިޔާލްއާއި މަޝްވަރާ ހޯދުމަށް ފުރުސަތު ދެވޭނެއެވެ.

(ނ) އަދި ވޯޓަށް އަހަންޖެހޭ ކަންކަމުގައި ވޯޓަށް އަހަމުންދާނީ އެޖެންޑާ ތަރުތީބުންނެވެ.

 

  1. 6.      ޔައުމިއްޔާ ރިކޯޑްކުރުމާއި އަތޮޅު ކައުންސިލްއަށް ފޮނުވުމާއި ނިންމުން އާންމުކުރުން

ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ޔައުމިއްޔާގައި ކައުންސިލްގެ ފަރާތުން ބައިވެރިވި މުވައްޒަފުންނާއި ރައްޔިތުންގެ ހާޒިރީ ހިމަނަންވާނެއެވެ. އަދި އެޖެންޑާއާއި ގުޅިގެން ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ޔައުމިއްޔާގައި ހިމަނަންވާނެއެވެ. އަދި ބައްދަލުވުން ބާއްވާތާ 05 ދުވަސްތެރޭގައި ބައްދަލުވުމުގެ ޔައުމިއްޔާ  ރިޔާސަތު ބެލެހެއްޓިފަރާތުގެ ސޮއިކުރުމަށްފަހު އަތޮޅު ކައުންސިލްއަށް ފޮނުވަން ވާނެއެވެ. އަދި ޔައުމިއްޔާއާއި ނިންމުންތައް ކައުންސިލްގެ ވެބްސައިޓްގައި އާންމުކުރަން ވާނެއެވެ.

  1. 7.      އުޞޫލަށް ޢަމަލުކުރަން ފެށުން

(ހ) މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ލ.މުންޑޫ ކައުންސިލްއިން މި އުސޫލް ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި މިއުޞޫލު ޝާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

  1. 8.      އުޞޫލު އުވާލުން ނުވަތަ ބަދަލެއް ގެނައުން.

(ހ) މިއުޞޫލު އުވާލުން ނުވަތަ ބަދަލެއް ގެނެވޭނީ މުންޑޫ ކައުންސިލްގެ ބައްދަލުވުމަކުން ނިންމައިގެންނެވެ.

20 އޮގަސްޓް 2023