ވަޒީފާގެ ފުރުޞަތު
ނަންބަރު: HPL/ I-2015/01
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 24 ފެބުރުވަރީ 2015 15:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކްރެޓަރީ ގރ.1

އިޢުލާން

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.             

މަޤާމު: ސެކްރެކްޓަރީ ގރ.1     

އަސާސީ މުސާރަ: -/5180ރ.

ފެންވަރު ނުވަތަ ޝަރުޠު (ތަޢުލީމާއި ތަޖުރިބާ): މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އިނގިރޭސި، މިމާއްދާ ހިމަނައިގެން ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުން އަދި ސެކަންޑްރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

އިތުރު މަޢުލޫމާތު: މި މަޤާމުތަކަށް މުސާރައިގެ އިތުރުން ހާރޑްޝިޕް އެލަވަންސް، ރިސްކް އެލަވަންސް އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 24 ފެބުރުވަރީ 2015 ވާ އަންގާރަދުވަހުގެ 15:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ. ކާޑުގެ ދެފުށުގެ ކޮޕީއާ ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 8558 688 އަށް ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއާޚިރު 1436            

15 ފެބުރުވަރީ 2015