ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2023/405
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 17:21
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަހައްދު ވަގުތީކޮށް ބަންދުކުރުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، ނަންބަރު (IUL)438-ENV/438/2020/209 (5 ނޮވެންބަރު 2020) ޢިއުލާނާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަހައްދުގައި މި އޮގަސްޓް މަހުގެ 21 - 28 އަށް " ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ  2023 " ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުއްދަތުގައި މި ސަރަހައްދު، އާންމުންނަށް ބަންދުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ ޢިއުލާނު ކުރަމެވެ.   

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 އޮގަސްޓް 2023