ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-CA/225/2023/42
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 24 އޮގަސްޓް 2023 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ)

                                           ނަންބަރު: (IUL)225-CA/225/2023/42

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-377570

ބޭނުންވާ އަދަދު:

1 (އެކެއް )

ގިންތި

ވަގުތީ (1 އަހަރު ކޮންޓްރެކްޓް)

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯ އެލަވަންސްގެ 1 ގޮތުގައި މަހަކު 1200.00 ރުފިޔާ

- ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން

2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބު ދާރީވުން

3- އަތޮޅުސްޓޭޓްހުސް އާއި އަތޮޅު ސްޓޭޓްހައުސްގެ ސަރަހައްދު ހިމެނޭ މަގުމަތި ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

4- އަތޮޅު ސްޓޭޓްހައުސް ފާހާނާތައް ދޮވެ ސާފު ކޮށް ބެލެހެއްޓުން

5- އަތޮޅު ސްޓޭޓްހައުސް އާއި ގޮތިތެރޭގައި ހުރި އެހެން އިމާރާތްތައް ކުނިކަހާ މޮޕްލާ ސާފުކުރުމާއި ސޯފާ ސެޓްގެ ގޮނޑީގެ ކަވަރުތައް ބަދަލުކުރުމާއި  ދޮވެ އިސްތިރިކޮށް ބެލެހެއްޓުން

6- އަތޮޅު ސްޓޭޓްހައުސް ކާގެތެރެ ކުނިކަހާ މޮޕްލާ ސާފުކުރުން

7- އަތޮޅު ސްޓޭޓްހައުސް ކޮޓަރި ތަކުގެ ތަންމަތި އެޅުމާ ބެޑްޝީޓް ބަދަލުކުރުން

8- އަތޮޅު ސްޓޭޓްހައުސްގެ މަރާމާތުގެ ބައެއް މަސައްކަތްތަކުގައި ބައިވެރިވުން

9- އަތޮޅު ސްޓޭޓްހައުސް އިން ކޮޓަރި ދޫކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން

10- މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން

11- އަތޮޅު ކައުންސިލު އިދާރާއަށް ގެންނަން ބޭނުންވާ ތަކެތީގެ (އަގުބަލާ މުދާ ލިބިގަތުމަށް އެދޭ، އޯޑަރ ފޯމް) ފިހާރަތަކަށް ގެންގޮސް އަގު ޖެއްސެވުމަށް ފަހު އަނބުރާ އިދާރާއަށް ގެނައުން

12- ދިއްދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް ރައްދު ކުރަންޖެހޭ ސިޓީ  އަދި އެހެނިހެން ތަކެތި ރައްދު ކުރުމާއި އަތޮޅު ކައުންސިލް އިދާރާއިން އެކިއެކި ބޭނުންތަކަށް ޙާޟިރުކުރަންޖެހޭ މީހުން ޙާޒިރު ކުރުމަށް ގަޑިކިއުން.

13- އެކިއެކި މުނާސަބަތާއި ގުޅިގެން ކައުންސިލްގެ ފަރާތުން ތައްޔާރުކުރާ ހޯލްތައްޔާރު ކުރުމާއި އެފަދަ ތަންތަން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރުން

14- އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން ގަންނަތަކެތި ގެނައުމާއި ތަކެތި ގަންނަ ފަރާތްކަށް އަދާ ކުރަންޖެހޭ ފައިސާގެ ބިލްތަކަށް ފައިސާ ޙަވާލު ކުރުމުގެމުގެ މަސައްކަތް

15- އެކި އެކި މުނާސަބަތާ ގުޅިގެން ދަޢުވަތު އެރުވޭ ފަރާތްތަކަށް ޙަވާލު ކުރަންޖެހޭ ދަޢުވަތު ކާޑުތައް އެފަރާތްތަކަށް ރައްދު ކުރުމުގެ މަސައްކަތް ކުރުން

16- އަތޮޅު ކައުންސިލްގެ ފަރާތުން ޢާއްމު ކުރާ އިޢުލާނުފަދަތަކެތި ޢާއްމުތަންތަނުގައި ހަރުކުމުގެ މަސައްކަތުގެ އިތުރުން އިދާރާގެ ރަސްމީ މަސައްކަތްތަކާއި ގުޅިގެން ކުރުމަށް ހަމަޖައްސާ އެންމެހައި މަސައްކަތްކުރުން

17- އަތޮޅު ކައުންސިލުން އިދާރާއިން ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓަށް ގެންގޮސް ޙަވާލު ކުރުން

18- އަތޮޅު ސްޓޭޓްހައުސް އާއި ގޯތިތެރޭގައި ހުރި އެހެން އިމާރާތްތަކުގެ ފަންކާތަކާއި އެސީ ޔުނިޓްތައް ޤަވާއިދު ސާފުކޮށް ބެލެހެއް

މަޤާމުގެ ޝަރުޠުތައް:

- ލިޔަން ކިޔަން އެނގުން

ނޯޓް:

- ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

- ނެތް


މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

1- އަސާސީ ޝަރުތު ހަމަވުން  %50 

2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 

3- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 

4- އިންޓަރވިއު   %40

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70 (ހަތްދިހަ އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ.

މި މަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓްދެވޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ، ތަޖުރިބާގެ މުއްދަތު ފިޔަވައި އެއަށްވުރެއް މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ.

ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު ކުރުން އޮންނާނީ 2023 ސެޕްޓެމްބަރ 3 ވަނަ ދުވަހުން ފެށިގެން 2023 ސެޕްޓެމްބަރ  5 އާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500068 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51)) އިން ލިބެން ހުންނާނެއެވެ.

17 އޮގަސްޓް 2023