ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2023/18
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 24 އޮގަސްޓް 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ޔޫތް ސެންޓަރ ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކޮނޑޭ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރ ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން "މުޙައްމަދު އަމީނު މަގުގެ އުތުރުން ކޮނޑޭ ސްކޫލްގެ އުތުރުން އޮތް ކޮށީގައި ފާހަގަ ކޮށްފައިވާ 70 ފޫޓް 120 ފޫޓްގެ ބިމުގައިވާ" ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. 

ވިމާ، އިސްވެ ދެންނެވުނު ބިމުގައިވާ ރުއްގަހަކީ އެއްވެސް ފަރާތަކުން އިންދާ ހައްދާފައިވާ ރުއްގަހަށް ވާނަމަ 2023 އޯގަސްޓް 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ނުވަތަ މިލްކްވެރިކަން ސާބިތު ކޮށްފައިވާ ކަމުގެ ލިޔުމާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފް ކުރައްވަން ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.

މިޢުލާނާއެކު ބިމުގެ ޗާޓް އެއްއުރަ ކުރެވިފައި ވާނެއެވެ.

17 އޮގަސްޓް 2023