ތަމްރީނު
ނަންބަރު: MNU-CA-RG/2023/8
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 14 ސެޕްޓެންބަރު 2023 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކުރު ކޯހަށް އިއުލާން ކުރުން

އިޢުލާން

 

2023 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީއިން ތިރީގައި މި ބަޔާންކުރާ ކުރު ކޯސް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ. މި ކޯހަށް އެޕްލައިކުރުން ހުޅުވާލެވިފައިވަނީ 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މިކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިލިންކް https://forms.gle/Wf2AWdWJNTUKBFMZ6 ގައިވާ ފޯމް ފުރުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

   1. ސިސްކޯ ސަރޓިފައިޑް ނެޓްވޯރކް އެސޯސިއޭޝަން CCNA – Network Associate Cisco Certified))

    ކެމްޕަސް: މާލެ އަދި ހިތަދޫ

    ކޯސް ފަށާ ތާރީޚް: 20 ސެޕްޓެމްބަރ 2023

    އެންޓްރީ ކްރައިޓީރިއަރ: ގްރޭޑް 10 ނިންމާފައިވުން

    ކޯހުގެ މުއްދަތު: 07 މަސް ދުވަސް

    ކޯސްތަކުގެ ފީ: 12،000ރ (ބާރަ ހާސް ރުފިޔާ)

    ކުލާސް ޝެޑިއުލް: ހަފްތާއަކު 4 ދުވަހު، ދުވާލަކު 2 ގަޑިއިރު (މެންދުރު ފަސް)

    ކޯސް ކުރިޔަށް ގެންދާނެގޮތް: ފޭސް ޓު ފޭސް

 

 

 01 ޞަފަރު 1445

17 އޮގަސްޓް 2023