ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން
ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމު 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހަށް ހުސްވާތީ، އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭނުންވެއެވެ. ވީމާ، އާންމު މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި (ބައި އިލެކްޝަންގައި)، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އަދި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް، މިމިނިސްޓްރީގެ ވެބްސައިޓް https://moha.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުށަހަޅާ ރަޖިސްޓްރޭޝަން ފޯމް، ބަލައިގަންނާނީ، 2023 އޮގަސްޓް 20 ، 21، 22، 23، އަދި 24 މިދުވަސްތަކުގެ ހެނދުނު 9:30 ން ފެށިގެން މެންދުރު 12:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަނުންނެވެ.
މީގެ އިތުރުން މި މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮއްވެސް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
01 ޞަފަރު 1445
17 އޮގަސްޓް 2023