މަސައްކަތް
ނަންބަރު: MWSC-61/ADV/2015/014
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 23 ފެބުރުވަރީ 2015 15:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީއިން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއްް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 23 ފެބުރުވަރީ 2015 ދުވަހުގެ 15:00 އަށް މިކުންފުނީގެ ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 01 މާރިޗު 2015 ދުވަހުގެ 11:30 ގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

19 ފެބުރުވަރީ 2015