ދިވެހިރާއްޖެ
މި ކޯޓަށް 02 (ދޭއް) ކޮންޕިއުޓަރ ސިސްޓަމް (ޑެސްކްޓޮޕް–ޑުއަލް މޮނިޓަރ) އަދި 01 (އެކެއް) ރެކްމައުންޓް ޔޫ.ޕީ.އެސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓު 2023 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
https://supremecourt.mv/storage/mv/media/iulaan/information-sheet-iul-33.pdf
އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 28 އޮގަސްޓު 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.