ދިވެހިރާއްޖެ
މި މިނިސްޓްރީއިން 15 އޯގަސްޓް 2023 ގައި ކޮށްފައިވާ ނަންބަރ (IUL) 471-HDS3/471/2023/265 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުމަށް މިހާރު ހަމަޖެހިފައިވަނީ ހަމައެކަނި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކަމުގައި ދަންނަވަމެވެ.
ވީމާ، ކޮންމެ ފަރާތަކުންވެސް "ގެދޮރުވެރިން ޕޯޓަލް" އަށް ލޮގިން ކުރައްވާފައި އެބޭފުޅަކަށް ގުރުއަތު ނެގުމަށް ވަޑައިގަންނަވަންޖެހޭ ގަޑި ބައްލަވައި، އެބޭފުޅެއްގެ ފޯމުގެ ބައިވެރިންގެ ތެރެއިން 1 ބޭފުޅަކު ނުވަތަ ފޯމްފައިވާ ފަރާތްތަކުން ކަނޑައަޅާ ފަރާތެއް ގުރުއަތު ނެގުމަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ގަލޮޅު ދަނޑުގައި ގުރުއަތުނެގުމަށް ހާއްސަކުރެވިފައިވާ ތަނަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.