ދިވެހިރާއްޖެ
ނ.ލަންދޫ ފުޓުސަލްދަނޑު މަރާމާތުކޮށް، ޓާފް އަޅައިދިނުމުގެ މަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލަންދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރުން |
20 އޯގަސްޓް 2023 ން 26 އޯގަސްޓް 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ލަންދޫ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭފޯމް މެއިލްކޮށްގެންނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
28 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ލަންދޫ ކައުންސިލް އިދާރާގައެވެ. |
އަންދާސީ ހިސާބު ހުށަހެޅުން |
05 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި ލަންދޫ ކައުންސިލް އިދާރާގައެވެ. |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.