ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)428/1/2015/2
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 01 މާރިޗު 2015 14:30
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީން 22 ޑިސެންބަރު 2014 ގައި ކުރި، ނަންބަރު IUL)428/1/2014/9 ގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 2 ފަރާތެއްގެ ޝަރުޠުހަމަވެ، ކުރެވުނު އިންޓަވިއުން މެރިޓް އުސޫލުން 1 ވަނަ އަށް ހޮވިފައިވާ ފަރާތުގެ އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާތީއާއި، އިންޓަވިއުން މެރިޓް އުސޫލުން 2 ވަނައަށް ހޮވިފައިވާ ފަރާތް، މި އޮތޯރިޓީގެ ރެޖިސްޓްރޭޝަން އެންޑް ސެޓިފިކޭޝަން ޔުނިޓުގެ ޕްރޮގްރާމް އޮފިސަރުގެ މަޤާމަށް މީހަކު ހޯދަން ކުރެވުނު އިޢުލާނަށް ކުރިމަތިލައި އެ މަޤާމަށް ހޮވިފައިވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން މި މަޤާމަށް އިޢުލާނުކުރަމެވެ.

މަޤާމް:  ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

ރޭންކް: އެމް. އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްޓޭންޑަރޑް ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝޫއަރެންސް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ބޭނުންވާ ދާއިރާތަކުގެ އޮކިއުޕޭޝަނަލް ޓާސްކް އޭނަލިސިސް ހެދުން.
  • ކޮމްޕިޓެންސީ ސްޓެންޑާރޑްތައް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް ޕެނަލްތައް އެކުލަވާލައި، ސްޓެންޑާރޑްތައް ތައްޔާރުކުރުން.
  • ޓެކްނިކަލް ޕެނަލްގެ އެހީގައި ތައްޔާރުކުރެވޭ ކޮމްޕީޓެންސީ ސްޓެންޑަރޑް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށާއި، މޯލްޑިވްސް ކޮލިފިކޭޝަނަސް އޮތޯރިޓީއަށް ހުށަހަޅައި، ފާސްކުރުމުގެ މަސައްކަތުގައި އެހީވުން.
  • ޓެކްނިކަލް ޕެނަލްތަކުގެ މަސައްކަތް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ކޮމްޕިޓެންސީ ސްޓެންޑަރޑް ލިޔުމުގެ ވާރކްސޮޕްތައް ރާވައި ހިނގުން.
  • އިންސްޓްރަކްޝަން މެޓީރިއަލް ތައްޔާރުކުރުމުގައި ލަފަޔާއި އިރުޝާދު ދިނުން.
  • ކޮމްޕިޓެންސީ ސްޓެންޑަރޑާއި، އިންސްޓްރަކްޝަން ހަދާ ފަރާތްތަކަށް ބޭނުންވާ ކޮންޓްރެކްޓްތައް އެކުލަވައިލުމުގައި އެހީތެރިވުން.
  • ސްޓޭންޑަޑްތަކަށް ތަމްރީނުދިނުމާއި، މޮނިޓްކުރުމާއި، އެސެސްމަންޓާއި ސަނަދު ދޫކުރުމާ ގުޅޭ ކަންކަން ކުރުން.

ޝަރުޠު:                                                 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.                        

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 8 އާއި 12 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 1 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

   މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ  3344077 ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015