ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2015/15
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 26 ފެބުރުވަރީ 2015 15:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިއުޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ޑިއުޓީ އޮފިސަރ

ރޭންކް

 އެސް.އެސް -2

ބޭނުންވާ ޢަދަދު

2 (ދޭއް)

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/3،470 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ.

- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

  • ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS 1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް

  • ހަމަޖެހޭ ޑިއުޓީއެއްގެ ދަށުން ޖަސްޓިސް ބިލްޑިންގ ހުޅުވައި ލެއްޕުން.
  • ޖަސްޓިސްބިލްޑިންގުގައި ނަގަންޖެހޭ ދިވެހި ދިދަ، ހެނދުނު 6 ޖަހާއިރު ނެގުމާއި، ހަވީރު 6 ޖަހާއިރު ތިރިކުރުން.
  • ޖަސްޓިސް ބިލްޑިންގަށް އެކިއެކި ބޭނުންތަކުގައި އަންނަ އާއްމު ފަރާތްތަކަށް އެކިއެކި ކަންތައްތަކުގައި އެހީތެރިވުން.
  • ރަސްމީ ގަޑިތަކާއި ނުރަސްމީ ގަޑީގައި ޖަސްޓިސް ބިލްޑިންގަށް އެކިއެކި ބޭނުންތަކުގައި ވަދެނިކުމެވާ މީހުންގެ ހަރަކާތްތައް ބެލެހެއްޓުން.
  • ޖަސްޓިސް ބިލްޑިންގުގެ ހަތަރު ފާރުން އެތެރޭގައި، ޖަސްޓިސް ބިލްޑިންގ ހިމެނޭ ސަރަހައްދުގައި އާދަޔާޚިލާފު އެއްވެސް ކަމެއް ހިނގާނަމަ ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިންގަން އުޅޭކަމަށް މީހަކާ ދޭތެރޭ ޝައްކުވެއްޖެނަމަ، އެކަމެއް މި ޑިޕާޓްމަންޓުގެ ކަމާ ބެހޭ ފަރާތްތަކަށް އެންގުން.
  • ޖަސްޓިސް ބިލްޑިންގުގެ އެއްވެސް ތަނަކުން ކަރަންޓުގެ މައްސަލައެއް ނުވަތަ އެހެންވެސް ކަމެއް ދިމާވެއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުން.

ހުށަހަޅަންޖެހޭ ތަކެތި

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 15.00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

 

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވެބް އެޑްރެހަކީ www.judiciary.gov.mv އެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަތުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.
  • ދަންވަރު ޑިއުޓީ އަދާކުރުމަށް ޢުޒުރުވެރިނުވާ ފަރާތެއް ކަމުގައިވުން.
 25 ރަބީޢުލްއާޚިރު 1436
15 ފެބުރުވަރީ 2015