މަސައްކަތް
ނަންބަރު: (IUL)393/393/2023/49
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 31 ޑިސެންބަރު 2023 23:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ގޮތުން ވޭޖު އުސޫލުން މިސްކިތު ޕޫލަށް މީހުން އިތުރުކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢްލާން

 

ވަގުތީ ގޮތުން ވޭޖު އުސޫލުން މިސްކިތު ޕޫލަށް މީހުން އިތުރުކުރުމުގެ ފުރުޞަތު ހުޅުވާލުން

           

މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީއާއީ ސަލާމުގައި ތިބޭ ދުވަސްވަރު ވޭޖު އުސޫލުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވާތީ އެކަމަށް މީހުން ހޯދުމަށް މިއިދާރާއިން ކުރެވުނު ނަންބަރު  (IUL)393/393/2023/6  (24 ޖަނަވަރީ 2023) އިޢުލާނަށް ކުރިމަތިލައްވާފައިވާ ފަރާތްތައް މަދުމުގެ ސަބަބުން މިސްކިތްތައް ބެހެއްޓުމުގައި ތަދިތަކާ ކުރިމަތިވާތީ، މިސްކިތު މަސައްކަތު މހުންގެ ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިދަފުތަރު ދެމިއޮނަންނީ 31 ޖަނަވަރީ 2024 ގެ ނިޔަލަށެވެ.

 

މަޤާމު:

މަސައްކަތު

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހޭދަ ކުރުމާއި އޭގެ އިތުރުން ގޯތިތެރާއި ގޯތީގެ ބޭރު މަގު ކުނިކަހައި ސާފު ކުރުމަށް ދުވާލަކު 2 ގަޑި 30 މިނިޓް ހޭދަކުރުން
  2. ކޮންމެ ނަމާދަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އަޅައި މުސައްލަ އަޅައި ނަމާދަށް މިސްކިތް ތައްޔާރު ކުރުން
  3. މިސްކިތުގެ ބޭރު ދުވާރުތަކާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ކޮންމެ ނަމާދު ވަގުތަކަށް ދޮވެ ސާފުކުރުމާއި އަބަދުވެސް އެތަންތަން ސާފުތާހިރުކޮށް ބޭއްވުން
  4. މިސްކިތުގެ ގޯތީގެ އެތެރާއި ބޭރު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުން
  5. މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގ އާއި ތަނބުތަކާއި ދޮރުތަކާ ދޮރުފަތްތަކާއި، މެމްބަރާއި ފަންކާތަކާއި ބޮކިތަކާއި، ފާޚާނާއާއި އިސްކުރުބަރި ހިމެނޭ ޢިމާރާތުގެ ފާރުތަކާއި ސީލިންގއާއި ބޮކިތައް ހަފްތާއަކު 1 ފަހަރު ފޮޅައި ފެންފޮތިލައި ސާފުކުރުން
  6. މިސްކިތު ގޯތީގެ މަގުފާރުގެ ދެފަރާތާއި އިންފާރު މަހަކު 1 ފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން
  7. މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ދުވާލަކު 1 ފަހަރު ފެންދީ ހެއްދުމާއި ގަސްތައް ރީތި ގޮތްގޮތަށް ކޮށައި ރުއްތައް ސާފުކޮށް ބެލެހެއްޓުން
  8. މިސްކިތުގެ އެސެޓްސްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ފެންފޮތިލައި ފުހެ ސާފު ތާހިރުކޮށް ބެލެހެއްޓުން
  9. ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި، މަހަކު 1 ފަހަރު ވަޅު ދިޔަހިއްކައި، ދާނިތަކަށް ދަނޑިލައްވައި ބެލެހެއްޓުން
  10. މިސްކިތާއި ބެހޭގޮތުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިސްކިތުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
  11. ކައުންސިލުގެ އިދާރާއިން ރާވައިގެން ހިންގާ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން

ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން

ހުށަހަޅަންޖެހޭ ސުންގަޑި:

31 ޑިސެންބަރު 2023

ހުށަހަޅަންޖެހޭ ލިއުންތައް:

1-      ދަފުތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ސިޓީ

2-      އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ

3-      ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް/ ތަމްރީނު ތަކުގެ ކޮޕީ

4-      ލިބިފައިވާ ތަޖްރިބާގެ އަންގައިދޭ ލިޔުން

      29 މުޙައްރަމް 1445ހ

16 އޮގަސްޓް 2023