ދިވެހިރާއްޖެ
އިޢުލާން |
||||
ނަންބަރު: IUL)475-Schol/475/2023/140) |
ތާރީޚް: 16 އޮގަސްޓް 2023 |
|||
ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް 2024 |
||||
ޤައުމު: ތައިލޭންޑް |
ކޯހުގެ މުއްދަތު: 02 އަހަރު |
މާސްޓަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
|
* އެޕްލައިޑް ބަޔޮލޮޖިކަލް ސައިންސް: އެންވަޔަރމަންޓަލް ހެލްތް * އެންވަޔަރމަންޓަލް ޓޮކްސިއޮލޮޖީ * ކެމިކަލް ސައިންސް |
ކޯހުގެ ދާއިރާތައް: |
|||
މާސްޓަރސްޑިގްރީ 1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. 30 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވުން. TOEFL.3 އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. .4މިއިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައިވާ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|||
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 4. މިއިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން. 5. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް . 6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 7. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|||
* މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. * މިސްކޮލަރޝިޕަށް ރާއްޖެއިން ނޮމިނޭޓް ކުރުމަށް އަންގާފައިވަނީ 5 ކެންޑިޑޭޓުންނެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ "ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް" ގެ ފަރާތުންނެވެ. * މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް 2024 ވަނަ އަހަރު ޖެނުވަރީމަހު "ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް" އެކަން އަންގާނެއެވެ. އަދި ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރު ޖޫން މަހުގައެވެ. * މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، އެހެނިހެން އެކަޑެމިކް ފީ، ދެކޮޅު ޓިކެޓް، ވިސާ ފީ، ފަސްޓް ސެޓެލްމަންޓް އެލަވަންސް. ރިލޮކޭޝަން އެލަވަންސް، އެކޮމޮޑޭޝަން އެލަވަންސް، މަންތްލީ ސްޓައިޕެންޑް، ބުކް އެލަވަންސް، ހެލްތް އިންޝުއަރެންސް) މި ކޯސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. * މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން 20 ސެޕްޓެމްބަރ 2023 ގެ ކުރިން ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް އެޕްލިކޭޝަން ފުރިހަމަކޮށް މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. ޗޫލަބޯން ގެ އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. އެހެންކަމުން، އެ ލިޔުންތަކުގެ އެޓެސްޓަޑް 1 އަސްލު މިމިނިސްޓްރީއަށް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * ސްކޮލަރޝިޕްގެ ވަގުތީ ނަތީޖާ އާންމުކުރާނެއެވެ. މި ނަތީޖާ އާންމުކުރާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ މުއްދަތަށް ބެލުމަށްފަހުގައެވެ. އަދި ވަގުތީ ނަތީޖާއާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު |
|||
ސުންގަޑި: 3 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން |
||||
ވަގުތީ ނަތީޖާ އާންމުކުރުން: 10 ސެޕްޓެމްބަރު 2023 ވާ އާދީއްތަ ދުވަހު ދާއިމީ ނަތީޖާ އާންމުކުރުން: 14 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހު |
||||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |