ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0004
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 23 ފެބުރުވަރީ 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް

އަސާސީ މުސާރަ:

ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު ހަމަވުމުން)

މީގެ އިތުރުން ކެއުމުގެ އެލަވަންސް، ދަތުރު އެލަވެންސް އާއި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ކޯސް ފުރިހަމަ ކޮށްފައިވުން އަދި/ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް އަދި ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަންގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.
  • އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުން.
  • އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި ހައްލުކުރުން.
  • އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި އެއާ ގުޅުން ހުރި މަސައްކަތްތައް ކުރުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިން ފަރިތަކަމާއެކު ރަނގަޅުފެންވަރެއްގައި މުޢާމަލާތު ކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލް)
  • މަސައްކަތާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށް ވުން.

 ހުށަހަޅަންޖެހޭ ލިއުންތައް

ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

ސުންގަޑި:

23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން.

އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]

18 ފެބުރުވަރީ 2015