ދިވެހިރާއްޖެ
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ ލޯގޯ ފަރުމާކުރުން
މިކައުންސިލްގެ ލޯގޯ ފަރުމާކޮށްދިނުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 2000.00ރ (ދެހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް
- ފަރުމާ ކުރެވޭ ލޯގޯ އަކީ މ. ނާލާފުށި ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ނާލާފުއްޓަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.
- ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
- ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
- ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީ (HEX: #52BE95, RGB: 82,190,149) އަދި (HEX: #0094AA, RGB: 0,148,170) މި ދެ ކުލައެވެ.
- ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް އަދި ވެބްސައިޓް ޕޭޖް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
- ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
- ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.
ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު
- ލޯގޯގެ PSD، CDR އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.
- ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
- ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައި ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
- ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
- ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.
- ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
މާކްސް ދެވޭގޮތުގެ ތަފްސީލް:
- ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
- ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
- މ. ނާލާފުށި ރަމްޒުކޮށްދޭ މިންވަރު.
- ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.
މާކްސްދެވޭނެ މިންގަނޑު
މާކްސްދެވޭ މިންގަނޑުތައް |
ކަނޑައެޅިފައިވާ % |
ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު |
35 |
އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން |
20 |
އަމިއްލަވަންތަކަން |
30 |
މ. ނާލާފުށި ރަމްޒުކުރެވިފައިވާ މިންވަރު |
15 |
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓްކޮޕީ އަދި މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.