ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2023/98
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:40
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާއްމު ތަންތަނުގައި އިޝްތިހާރު ބޯޑު، ބެނަރ ހަރުކުރުމާއި ގުޅޭ

މިދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުކަމަށްވެފައި، ޕާޓީތަކުގެ ގޮފިތަކުން ރަށުގެ އެކި ތަންތަނާއި އަދި އާންމުން އެއްވެއުޅޭ ސަރަޙައްދުތަކުގައި އެކިއެކި ޕޯސްޓަރުތަކާއި ބެނާ އަދި ލިއުން ފަދަތަކެތި ބަހައްޓާ ހަރުކުރަމުންދާއިރު ޤާނޫނުތަކާއި ޤަވާޢިދު ތައް ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ އެފަދަ ތަކެތި ހަރުކޮށްބަހައްޓާ ޢިމާރާތުގެ ނުވަތަ ތަނެއްގެ ވެރިފަރާތުގެ ހުއްދަނުހޯދާ   އެއްވެސް ޕޯސްޓަރެއް، ލިއުމެއް، ބެނާއެއް ބަހައްޓާ ހަރުކޮށް ނުހެދުމަށް ހުރިހާ ފަރާތްތަކަށް ހަނދުމަފުޅުކޮށްދެމެވެ.   އަދި މިފަދަ ޕޯސްޓަރުތަކާއި ބެނާ އަދި ލިއުން ތަކުގައި އެކި ޒާތުގެ ބޭއަދަބީ ހަޑިހުތުރު ބަސްތައް ބޭނުންކުރުމަކީ މާތްވެގެންވާ އިސްލާމީހަމަތަކާވެސްޚިލާފު އަދި ޚިޔާލުފާޅުކުރުމުގެ ގޮތުންވެސް ތަހުޒީބު މުޖުތަމަޢުތަކުން ފެނިގެންވާނެކަމެއްކަމެއްނޫންކަމުގައި ދަންނަވާ އެބާވަތުގެ ލިއުންތައް  ހަރުކޮށް ނުބެހެއްޓުމަށް ހުރިހާ ފަރާތްތަކަށް  އަންގަމެވެ.

        ހަމަ މިއާއެކު ކެމްޕެއިން ޖަގަހަތަކުން އަދުގަދަކޮށް ލަވަޖަހާއިރު ނަމާދު ވަޤުތުތަކާއި،  ސްކޫލު މަދަރުސާ، މިސްކިތްތައް ކައިރީގަޔާއި، އަދި ޢާންމުންނަށް އުދަގޫ ވާގޮތަށް  ލަވަނުޖެހުމަށް ހަނދާންކޮށްދެމެވެ.

        އަދި މީގެ އިތުރުން ސަރުކާރުގެ އެއްވެސް އިމާރާތެއްގައި ކެމްޕެއިންގެ އެއްވެސް އެއްޗެއް ހަރުކޮށް ހެދުމަކީ މަނާކަމެއްކަމުގައިވެސް ދެންނެވީމެވެ.

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2023